Thursday, August 4, 2016


                                މަލާމަތް ހޭ ކުރީ.................

އައިޝަތު ރިފްޤާ 12-ބީ
އެއީ އަހަރެންގެ ކުޑައިރުގެ ހަދާނެކެވެ. އެއީ ހިތުން ފިލާގެން ނުދާނޭހެން ބިންވަޅު ނެގިފައިވާ ހިޔާލުތަކެވެ.... އަދި އެހަދާންތައް އާކޮށް ލޯމަރައިލާ ކޮންމެ ފަހަރަކު ސިފަވެގެންދާ މަންޒަރުތަކެކެވެ. އާއެކެވެ. އެއީ އަހަރެންގެ ޙަޔާތުގައި ނޭނގި ކުރެވުނު ކަމަކާމެދު އެންމެ ބޮޑަށް ލަދުގަތް ދުވަހެވެ. ސަހަރޯއެވެ. މިހާރުވެސް ކޯތާފަތް މިއޮށްގެން ރަތްވަނީއެވެ. ދެން ފަހެ އަހާށެވެ. ކަންވެގެންދިޔައީ މިގޮތަށެވެ.
އެއީ އަހަރެން އުމުރުން 13 އަހަރުގެ ހަނދާންތަކެވެ. އަހަރެންނަކީ ރާއްޖެތެރޭގެ އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ކުއްޖަކީމެވެ. އަހަރެން ތަޖުރިބާ ކުރަމުންދިޔައީ ފުރައިވަރުގެ ފޮނިދުވަސްތަކެވެ. އެ އުމުރުފުރައިގެ އެހެންކުދިން ފަދައިން އަހަރެންގެ ހިތުގައިވެސް އެކިއެކި ޝުޢޫރުތަކުގެ ރާޅުބާނީތަކެއް އުތުރި އަރަމުން ދިޔައެވެ. އެގޮތުން ރާއްޖޭގެ ވެރިކަން ކުރާ މާލޭ ސިޓީއަށް ދިއުމުގެ ޝައުގު ހިތުގައި ބިންވަޅުނެގުނެވެ. ސަބަބެއްނެތިއެއްވެސް ނޫނެވެ. އެދުވަސްވަރު އަހަރެމެން އެކުވެރިންގެ ތެރޭގައި އަބަދުމެ ދެކެވެމިން ދިޔަ މާލޭގެ އާޝޯހުކުރަނިވި ވާހަކަތައް އަހަންނަށް ސިފަވީ ގޮތުންނެވެ. އެފަދަ ތަންތަން މިލޮލުންވެސް ދުށުމަށް ހިތްއެދި ގޮވަމުން ދާތީއެވެ.  އެކަކު އެނެކަކަށް މާލޭ ދިޔައީމޭ ކިޔައި ފޮނިކަނޑާތީ އަހަރެންވެސް އެންމެނަށް މާލެ ދިޔައީމޭ ބުނެ ފޮނިކެނޑުމަށެވެ.