Thursday, August 4, 2016


                                މަލާމަތް ހޭ ކުރީ.................

އައިޝަތު ރިފްޤާ 12-ބީ
އެއީ އަހަރެންގެ ކުޑައިރުގެ ހަދާނެކެވެ. އެއީ ހިތުން ފިލާގެން ނުދާނޭހެން ބިންވަޅު ނެގިފައިވާ ހިޔާލުތަކެވެ.... އަދި އެހަދާންތައް އާކޮށް ލޯމަރައިލާ ކޮންމެ ފަހަރަކު ސިފަވެގެންދާ މަންޒަރުތަކެކެވެ. އާއެކެވެ. އެއީ އަހަރެންގެ ޙަޔާތުގައި ނޭނގި ކުރެވުނު ކަމަކާމެދު އެންމެ ބޮޑަށް ލަދުގަތް ދުވަހެވެ. ސަހަރޯއެވެ. މިހާރުވެސް ކޯތާފަތް މިއޮށްގެން ރަތްވަނީއެވެ. ދެން ފަހެ އަހާށެވެ. ކަންވެގެންދިޔައީ މިގޮތަށެވެ.
އެއީ އަހަރެން އުމުރުން 13 އަހަރުގެ ހަނދާންތަކެވެ. އަހަރެންނަކީ ރާއްޖެތެރޭގެ އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ކުއްޖަކީމެވެ. އަހަރެން ތަޖުރިބާ ކުރަމުންދިޔައީ ފުރައިވަރުގެ ފޮނިދުވަސްތަކެވެ. އެ އުމުރުފުރައިގެ އެހެންކުދިން ފަދައިން އަހަރެންގެ ހިތުގައިވެސް އެކިއެކި ޝުޢޫރުތަކުގެ ރާޅުބާނީތަކެއް އުތުރި އަރަމުން ދިޔައެވެ. އެގޮތުން ރާއްޖޭގެ ވެރިކަން ކުރާ މާލޭ ސިޓީއަށް ދިއުމުގެ ޝައުގު ހިތުގައި ބިންވަޅުނެގުނެވެ. ސަބަބެއްނެތިއެއްވެސް ނޫނެވެ. އެދުވަސްވަރު އަހަރެމެން އެކުވެރިންގެ ތެރޭގައި އަބަދުމެ ދެކެވެމިން ދިޔަ މާލޭގެ އާޝޯހުކުރަނިވި ވާހަކަތައް އަހަންނަށް ސިފަވީ ގޮތުންނެވެ. އެފަދަ ތަންތަން މިލޮލުންވެސް ދުށުމަށް ހިތްއެދި ގޮވަމުން ދާތީއެވެ.  އެކަކު އެނެކަކަށް މާލޭ ދިޔައީމޭ ކިޔައި ފޮނިކަނޑާތީ އަހަރެންވެސް އެންމެނަށް މާލެ ދިޔައީމޭ ބުނެ ފޮނިކެނޑުމަށެވެ.

ކޮންމެއަކަސް އެދުވަހުންސުރެ މާލެދިޔުމަކީ އަހަރެންގެ ހުވަފެނަކަށް ހެދީމެވެ. ދުވަސްކޮޅާކުން މާލޭގެ މަންޒަރުތަށް ސިފަވެ މާލޭދެވޭތަން ހުވަފެނުގައިވެސް ފެންނަން ފެށިއެވެ. މިފަދަ ކޮންމެ ހުވަފެނަކުން ހޭލެވޭ ހިނދު އެއީ ހަޤީޤަތަކަށް ވީނަމައޭ ހިތާހިތުން ދުޢާކޮށްލެވެއެވެ. ބައްޕަ މާލެ ދިޔުމަށް ދަތުރުހަދައި ކޮންމެ ފަހަރު ބައްޕައާއެކު ގެންދިޔުމަށް އާދޭސްކުރަން ފެށުނެވެ. ދުވަސްތަށް މިގޮތައް ފާއިތުވަމުން ގޮސް އަހަރެންގެ ނަސީބު އަހަރެންގެ ދޮރުގައި އައިސް ޓަކިޖަހާލިއެވެ. އެންމެފަހުން އަހަންނަށް މާލެ ދެވޭގޮތްވީއެވެ. ވީ އުފަލުން ނިދެނީކީވިސް ނޫނެވެ. ޖެހިގެންއޮތް ހަފްތާ އަހަރެންނަށް މާލެދެވިށްޖެއެވެ. ސުކޫލް ބަންދުގައި ޗުއްޓީ ހޭދަކޮށްލަން ބައްޕަ އަހަރެން މާލެ ގެންދީއެވެ. މާލެ ވަރަށްވިސް ފުރިހަމައެވެ. ހުވަފެނުގާ ފެނުނި ފަދައިންނެވެ.   ރީތި އެކިކުލަކުލައިން ވިދާ އިމާރާތްތަކެވެ. ބާރު ދުވެލިއެއްގައި އެކި ކޮޅުކޮޅަށް ދުވޭ ކާރުތަކާއި ސައިކަލުތަކެވެ. ބައިސްކަލެޢް ފެންނަނީ ހާހަކުން ފަހަރަކުއެވެ.

 ހަވީރުގެ ފިނިރޯލި ޖެހިލުމާއެކު އަހަރެންނާއި ބައްޕަ ނުކުތީ އަހަރެންގެ އެދުމަކަށް ބާޒާރުކޮށްލާށެވެ. ބޯވައެޅި ބޮޑުރިޔާ ނަގާގެން ވީހާވިސް ރީތިވެގެންނެވެ. ނަމަވެސް ވީ ކީއްކަމެއް ނޭގެއެވެ. މަގުމަތިންދާ ކޮންމެ މީހަކުހެން އަހަރެންނާ ދިމާ ބަލާލަނީ މަލާމަތްތެރި ނަޒަރަކުންނެވެ. ރަކި ހިނިތުން ވުމާއެކުއެވެ.  އަހަރެންނަށް މިވާނުވާ ނޭގިގެން އިހްތިޔާރަކާ ނުލާ ބައްޕައާ ސަކުވާކޮށްލެވުނެވެ. ބައްޕަ ލަފާކުރިގޮތުން އެއީ އަހަރެމެން ލައިގެންހުރި ހެދުން އެހާ ޒަމާނަށް ނުފެތޭތީއެވެ. އެއީވިސް ތެދެކެވެ.!

އަހަރެންލައިގެން ހުރި ހެދުން މާލޭގެ ގިނަމީހުން ލައިގެން ހުންނަ ހެދުންތަކާ ތަފާތެވެ. މީ މާ ކުރީގެ ފެޝެނެކެވެ.ނަމަވެސް މީ އަހަރެން ލަދުގަންނަން  މެދުވެރިވި ސަބަބެށް ކަމުގައި ހީނުކުރާށެވެ. އަހަރެންނަކީ އެއްއިރެށްގައި ވެސް ފެޝެނަށް ލޯބިކުރާ ކުއްޖެއްނޫނެވެ. މީ އަހަރެންނަން އެހާބޮޑު ކަމެއްނޫނެވެ. ލަދުގަނީ އަދި އެހެން ކަމަކާއެވެ. ކޮންމެއަކަސް އަހަރެން ބާޒާރުކޮށް ނިއްމައިލީ މާލޭގެ ގިނަފިހާރަތަކަށް ވަނުމަށް ފަހުއެވެ. އަހަރެން ފިހާރެއެށްގެ ބޭރުގައި މަޑުކޮށްގެންހުރީ ބައްޕަ ފޯނު ފިހާރެތެރޭ ބާއްވައިފައި އާދެވުނީތީއެވެ. ފޯނުހިފައިގެން އަންނަން ދެންނެވެ. އަހަރެން މަގުގެ އެއްކާރިއެއްގައި ހުއްޓިލާގެން ހުރީ މަގުންދާހާ މީހަކަށް ބަލަމުންނެވެ. އެމީހުންގެ ހެދުންތަށް ފަރުމާ ކުރެވިފައިވާ ގޮތައް ބަލާ ހިތާހިތުން ފާޑުކިޔާލަމުންނެވެ. އަހަރެން ހުރި މަގުގެ އަނެއްފަޅީގައި އާދައިގެ ގޮތަކަށް ހެދުން އަޅާފައި ހުރި ޒުވާނަކު އެއްފައި ފާރުގައި ލައްކޮށްލައިގެން ފެންވަރު މޮލު ޓަޗް ފޯނެއްގެ ސުކްރީނާ ކުޅެން ހުއްޓެވެ. ފެންނަ ފެނުމަށް ދީންވެރި ވައްތަރެއް ހުރެއެވެ. ތުބުޅި ވާނީ ދިގުކުރެވިފައެވެ. ވައްތަރީ 20 އަހަރުގެ ޒުވާނަކާއެވެ. ލާފައިވަނީ ހުދު ގަމީހަކާއި ފަޓުލޫނެކެވެ. މާލޭގާވެސް އާދައިގެ ދިރިއުޅުމަށް ލޯބިކުރާ މީހުން އުޅެޔޭ އަހަރެންގެ ހިތަށްއެރިއެވެ. މި ވިސްނުމުގައި ހުއްޓާ ކުއްލިޔަކަށް އަހަރެންގެ ނަޒަރު އެޒުވާނާއާ ސީދާވެށްޖެއެވެ. އެޒުވާނާ އަހަރެންނަށް ނިށްއަރުވާލިއެވެ. ގަތްލަދުން އަހަރެން އިސްޖަހާލީމެވެ. އަހަރެންގެ ނޭފަތަށް އިގިލިލީމެވެ. އެއީ އަހަރެންގެ އާދައެކެވެ. ލަދުގަނެ ކަންބޮޑުވާ ކޮންމެ ފަހަރަކު އަހަރެންނަށް ކުރެވޭކަމެކެވެ.

 ކުއްލިއަކަށް ބާރު ހުނުމުގެ އަޑެއް އަހަރެންގެ ކަންފަތުގައި ގުގުމާލައިފިއެވެ. އަހަރެން ލަދުންހުރެ އިސްއުފުލައި ބަލައިލީމެވެ. މުލި މަގުގާ ވާނީ އެޒުވާނާގެ ހުނުމުގެ އަޑެވެ. އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައީ އެޒުވާނާ އަހަރެންނާ ދިމާލަށް ޝަހާދު އިގިލި ދިއްކުރީމައެވެ. އެއްއަތް އަހަރެންނާ ދިމާލާށް އިޝާރާތް ކޮށްފާވާއިރު އަނެއްއަތުން ބަނޑުގައި އަތްއަޅާ އަޑުން އަޑުނަގާ ހެނީއެވެ. ހިނދުކޮޅެއްގައި އެޒުވާނާ އަހަރެން ވަށާ އެބުރެންވެސް ފަށައިފިއެވެ. މަގުމަތިން ދާހާ މީހެއްގެ މިސްރާބު އަހަރެންނާ ދިމާލަށް ބަދަލުވެއްޖެއެވެ. އަހަރެންގެ އަތްފައި ގަނޑުވިއެވެ. އަހަރެންނަން ކުށެށްކުރެވުނީ ބާއެވެ.؟ އެތަނުން މީހަކު ޒުވާނާގާތު ކީއްތޯވީ އެހިއެވެ. އަހަރެންނަށްވެސް ތެޅެމުންދިޔަ ހިތަކާއެކު އެޒުވާނަގެ ޖަވާބަށް އިންތިޒާރު ކުރެވުނެވެ. ހިނިގަނޑު މަތަކޮށްފާ އޭނާ ބުންނެވެ." ނޭފަތަށް އަތްކޮށްޕީ ދޯ!!! އައްޗީ" އަނެއްކާވެސް ހޭންފަށްޓާފިއެވެ. މިފަހަރު އެ ޒުވާނާގެ ހުނުމުގާ އެއްވެ ތިބި މީހުންވިސް ބައިވެރިވިއެވެ. އަހަރެންނަން ވަގުތުން އިސްޖަހާލެވުނެވެ.

 އިރުކޮޅަކުން ބައްޕަ އައިސް އަހަރެންނަން ކާރައް އެރުމަށް އިޝާރަތްކުރިއެވެ. ސުވާލުން ފުރިގެންވާ ހިތަކާއެކު އަހަރެންގޮސް ކާރަށް އެރީމެވެ. އަހަރެން ގޯސްކަމެއް ނުކުރަމެވެ. އަޅެފަހެ އަޖާބުވާވަރެވެ.! އެކިމީހުން ލަދުގަނީމާ ކުރާނީ އެކިކަންތަކެވެ. އެއްބަޔަކު ބޯހާކާނެވެ.!! އަނެއްބަޔަކު އިނގިލީގައި ދަތްއަލައެވެ!!.އަނގަޔަށް އިގިލިވިސް ލައެވެ. ދެން އަހަރެން ނޭފަތައް އަތްލުން އެއީ މައްސަލައެއް ހެއްޔެވެ.؟؟     

 

1 comment: